އަލިފާނުގެ ހާދިސާގައި އެއްވެސް ބަޔަކު ހާލުގައި ނުޖެހޭ: އެންޑީއެމްއޭ

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް ބަޔަކު ހާލުގައި ޖެހިފައި ނުވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. ރޭ އަލިފާނުގެ ހާދިސ...

29 Aug 2020 | 08:01

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް ބަޔަކު ހާލުގައި ޖެހިފައި ނުވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ސްޓޭޓް ބޭންކު އޮފް އިންޑިއާ ހިންގާ އިމާރާތާއި ޖެހިގެން ހުރި ކެފޭއެއްގައި އެވެ. މި ހާދިސާގައި ކެފޭ އެއްކޮށް އަނދާ ހުލިވެފައިވާއިރު އެސްބީއައި ހިންގާ އިމާރާތުގެ އެކި ފަންގިފިލާތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.

އަލިފާން ރޯވުމާއި އެކު އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި އެވެ. އަދި ވަގުތީ ހިޔާވަހިކަން ދޭން ޖެހޭ މީހުން ތިބުމުގެ އިންތިޒާމް ކަލާފާނު ސްކޫލްގައި ހަމަޖެއްސި އެވެ.

އެންޑިއެމްއޭއިން ބުނީ މި ހާދިސާ އާއި ގުޅިގެން އެހީތެރިކަން ދޭންޖެހޭ މީހުންނަށް އިންތިޒާމްތައް ހަމަ ޖެއްސި ނަމަވެސް އެއްވެސް މީހަކު ހާލުގައި ޖެހިފައި ނުވާ ކަމަށެވެ. އެހެންވެ އަލިފާނުގެ ހަދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށެވެ.

https://twitter.com/NDMAmv/status/1299447892336238592

ކެފޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއިރުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމުން އެ ސަރަހައްދަށް ރައީސާއި ނަިއބު ރައީސް އަދި މިނިސްޓަރުން ވަޑައިގެން ލިބިފައިވާ ގެއްލުންތައް ބައްލަވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް