ހ. އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ މެރިން ޑްރީމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އޭޓީއެމް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
އެ އިމާރާތަކީ ރޭ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކެފޭ އާއި ވަރަށް ކައިރީގައި ހުންނަ އިމާރާތެކެވެ.
ބީއެމްއެލްއިން ބުނީ އެތަނުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އަލުން ހިދުމަތް ފަށާނެ ދުވަހެއް ފަހުން އާންމު ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެ އޭޓިމް އަކީ ފައިސާ ޖަމާ ކުރުމާއި ނެގުމުގެ އިތުރުން ޗެކު ޖަމާކުރުގެ ހިދުމަތް ލިބޭ އޭޓީއެމްއެކެވެ. އަދި އެ އޭޓިއެމްއެމް އަކީ މާލޭގައި ހުންނަ ހަމައެކަނި ޑޮލަރު ނަގައި ޖަމާ ކުރެވޭ އޭޓީއެމްއެވެ.
ބީއެމްއެލްއިން ބުނީ އެ އޭޓީއެމްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިޔަސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ހުޅުމާލޭ ރެނާޓަސް އިތާ މުއި އޭޓީއެމް ސެންޓަރާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަ އޭޓީއެމް ސެންޓަރުން ލިބޭނެ ކަމަށެވެ.
އެ ބޭންކުން ބުނީ އެ އޭޓީއެމްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލިޔަސް ކުރިއެކޭ އެއްގޮތަށް މާލޭގެ އެހެން ހުރިހާ އޭޓީއެމްތަކަކުން ހިދުމަތް ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް