މެދުތެރެއާއި ދެކުނުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވ...

29 Aug 2020 | 07:26

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައި އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 10:10 ން މެންދުރު ފަހު 3:00 އަށެވެ.

ކަނޑުގައި ބާނިތަކުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ބުނެ އެވެ.

މިދިޔަ މަހުގައިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފައިވެ އެވެ. އަދި އޭގެ ސަބަބުން ބައެއް ރަށްރަށުގައި ގޯތި ގެދޮރަށާއި ދަނޑުބިންތަކަށް ވަނީ ގެެއްލުންތައް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް