ރާއްޖެއިން އިތުރު 140 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާޢްޖެއިން އިތުރު 140 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ޕޮސިޓިވްވި މީހުންގެ ތެރެއިން 138 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުންނެވެ. އަނެއް ދެމީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ...

29 Aug 2020 | 04:07

ރާޢްޖެއިން އިތުރު 140 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ޕޮސިޓިވްވި މީހުންގެ ތެރެއިން 138 މީހުންނަކީ މާލެއިން ބަލި ޖެހުނު މީހުންނެވެ. އަނެއް ދެމީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.

އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް ޕޮސިޓިވްވެފައިވަނީ 113 ދިވެހިންނާއި 17 ބަންގްލަދޭޝް މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑިއާގެ ތިން މީހުންނާއި ނޭޕާލްގެ ދެ މީހުންނާއި ޔޫއޭއީގެ ދެ މީހުންގެ އިތުރުން ކެންޔާ މީހަކާއި ފްރާންސް މީހެކެވެ.

ޕޮސިޓިވްވި މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދެމުންދަނީ 2،568 މީހުންނަށެވެ. އޭގެ ތެރެއިން 192 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދު އިއްޔެ ވަނީ 4،873 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވީ 7،469 މީހުންނެވެ. އޭގެ ތެރެއިން 28 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް