މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހްގެ ފޯކަސް ގެންގުޅުއްވީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ކަމަށާއި މިފަދަ ހިތާމަވެރި ހާލަތެއްގައި ސިޔާސީ ނުވުމަށް އިދިކޮޅު ކޯލީޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލީޝަނުން ރައީސް ސޯލިހަށް މިކަމަށް ގޮވާލާފައިވަނީ އިދިކޮޅު ކޯލީޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ސޯލިހްގެ އެއަމަލު ކުށްވެރިކުރާ ކަމަށާއި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން އަވަސް ކުރެއްވުމަށްވެސް ރައީސް ސޯލިހަށް ގޮވާލާކަމަށެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭނީ ސްކޫލުތައް ނޫން ކަމަށާއި ގެސްޓްހައުސްތައް ކަމުގައިވެސް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ކޯލީޝަނުން ގޮވާލާފައިވެއެވެ.
މީގެ އިތުރުން މިފަދަ ހިތާމަވެރި ހާދިސާތައް ސިޔާސީ ކުރުމަށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މީޑިއާތަކުން ކުރަމުން ގެންދާ ދަށު ދަރަޖައިގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް