ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ލިބޭ ޕްރޮމޯޝަނެއް

ދިރާގުގެ ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯ ކްލަބް ބެލޭނެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕޯސްޓްޕެއިޑް 750 އިން މަތީގެ ޕްލޭނެއް ގެނ...

29 Jul 2026 | 08:54
މީޑިއާ ނެތް ވީޑިއޯ ކްލަބްގެ އިޝްތިހާރެއް --

މީޑިއާ ނެތް ވީޑިއޯ ކްލަބްގެ އިޝްތިހާރެއް --

ދިރާގުގެ ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯ ކްލަބް ބެލޭނެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕޯސްޓްޕެއިޑް 750 އިން މަތީގެ ޕްލޭނެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އެ ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބްގެ ޚިދުމަތް ހިލޭ އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ބުނީ ދިވެހި އުފެއްދުންތަކާއި ފިލްމާއި މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތައް ހިލޭ ބެލުމަށް މިއީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މީގެ އިތުރުން ޕޯސްޓްޕެއިޑް ގެންގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް "ލިމިޓްލެސް 21" ޑޭ ބޫސްޓާ ޖައްސައިގެން އެ ބޫސްޓާ ހިނގާ މުއްދަތު ނިމެންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެއެވެ. ޝަރުޠު ފުރިހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހިލޭ އެކްޓިވޭޓް ކުރެވޭނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

މި ޕްރޮމޯޝަނާއި ގުޅޭ އިތުރު ތަފުޞީލު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް