އިތުރު 61 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިއަދު ޕޮސިޓިވްވެފައިވަނީ 44 ދިވެހިންނާއި 17 ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ 15 ބަންގްލަދޭޝް މީހުންނާއި އިންޑިއާ ދެ މީހެކެވެ.
މިއަދު ޕޮސިޓިވްވި އެންމެންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ.
ބައްޔަށް ޕޮސިޓިވްވެގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ މިއަދު ހަތް މީހުންނެވެ. މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ ތެރެއިން 2،554 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 983 މީހުންނަށެވެ. އޭގެ ތެރެއިން 64 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ 3،567 މީހުންނެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް