ނުކުޅެދޭ ކުއްޖާ ބަލިވެ އިން މައްސަލައިގައި ޅިޔަނަށް ދައުވާ އުފުލައިފި

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައިގަ އޭނާގެ ޅިޔަނުގެ މައްޗަށް ދައުވާ އުފުލައިފި އެވެ. މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ފ. ފީއަލީ، ފީރ...

29 Jul 2020 | 17:27

ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައިގަ އޭނާގެ ޅިޔަނުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ފ. ފީއަލީ، ފީރޯޒުގޭ އިބްރާހިމް ޝަފީއުގެ މައްޗަށެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އަނބިމީހާގެ ނުކުޅެދުންތެރިކަން ހުންނަ ކޮއްކޮ ރޭޕްކޮށްފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޝާފިއުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާއި މެދު ޖިންސީ ޖިންސީ އަމަު ހިންގި ކަމުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 15-18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނުލްއުގޫބާތާ ހަވާލާދީ ޕީޖީ އޮފީހުން ބުންޏެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝާފިއު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

https://twitter.com/PGO_MV/status/1288470111859257345

މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވާ ކަމާއި ބަނޑުބޮޑުކަން އެނގުނީ މައްސަރުު ކަންތައް ނުޖެހި ދެތިން މަސްވުމުން ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުންނެވެ. އެ މައްސަލަ ޖެންޑާއަށް ރިޕޯޓު ކުރީ ހޮސްޕިޓަލުން ކަމަށްވެ އެވެ.

މިކަމާއި ގުޅިގެން ދައުލަތުގެބެލުމުގެ ދަށަށް އެ ކުއްޖާ ގެންގޮސްފައިވާއިރު ބަނޑުގައި އޮތް ދަރިފުޅު ޑޮކްޓަރުގެ ލަފާގެ މަތިން އެބޯޓުކޮށްލާފައިވާ ކަމަށް މައުލުމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް