ކޯވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން މާލޭގައި ބަލި ފެތުރުމަށް މަގުފަހިވާގޮތަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ވީޑިއޯގެ މައްސަލަ މީހަކު ހުށަހަޅާފައި ނުވި ނަމަވެސް ފުލުހުންގެ ސަމާލުކަމަށް ވީޑީއޯ އައިސްފައިވާ ކަމަށެވެ. ވީޑިއޯގައި ފެންނަ މަންޒަރުތަކަށް ބަލާއިރު އެމީހާއަށް ކަމަކަށް ތުހުމަތު ކުރެވޭގޮތަށް އަމަލުތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މީހާ އާއި ގުޅޭ މައުލޫމާތު އިތުރަށް ކަށަވަރު ކުރުމަށް ވީޑިއޯ އާއި ގުޅޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ފުލުހުންނަށް އެކަން އެނގުމަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ މީހުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ނަމްބަރު 9631696 ގުޅުމަށް އެދިފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުގައި ބަލީގެ އަލާމާތްތައް ހުރި މިފަދަ މީހުން ދަނީ ތަންތަނުގައި ކުޅު ހާކަމުން ކަމަށެވެ. އެގޮތުން ގިނަ މީހުން އެއްވެސް އުޅޭ ތަންތަނަށް ގޮސް އެކި ތަންތަނުގައި ކުޅު ހޭކުމާއި، މީހުން ނިދާފައި ތިބޭވަގުތު ގޭގޭ ދޮރާއި ތަޅުގައި ކުޅުހާކަމުންދާ ކަމަށް ބުނެފައިވެ އެވެ.
އިތުރަށް ބުނެފަިވަނީ މިކަން ކުރަނީ ބަލި އިތުރަށް ފެތުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް