ްދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް މަޑުއްވަރީއަށް

ދިރާގުން ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް ދޭން ފަށައިފި އެވެ. ދިރާގުން ބުނީ މަޑުއްވަރީގައި ދިރާގު ފައިބާ އިންޓަނެޓް ބޭނުން ކުރާ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑ...

29 Jul 2020 | 08:15

ދިރާގުން ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.

ދިރާގުން ބުނީ މަޑުއްވަރީގައި ދިރާގު ފައިބާ އިންޓަނެޓް ބޭނުން ކުރާ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕްކޭޖެއް ތަޖުރިބާ ކުރެވޭނެ ކަމަށެވެ. ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ އިތުރުން ގިނަ ޕެކޭޖުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

މަޑުއްވަރިއަށް މި ހިދުމަތް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އެވެ. ހާއްސަކޮށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައިއެވެ.

މަޑުއްވަރީއަށް ދިރާޣު ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ފެށުމާއި ގުޅޭގޮތުން ދިރާގު ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބާ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމާއި، ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ.

މިހާރު ރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި ހިމެނެނީ 61 ރަށެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަަށް ދިރާގުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް