އެސްބީއައިގެ އަމާޒު، ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުން އިތުރު ކުރުމަށް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތު މިޝްރާ ވިދާޅުވެއްޖެއެވެ...

29 Jul 2020 | 07:53

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތު މިޝްރާ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ސީއީއޯ މިޝްރާ ވިދާޅުވީ، މިހާރު އެބޭންކުގެ ހިދުމަތް ހޯދަނީ ފަންސާސް ހާސް ކަސްޓަމަރުންކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ އަދަދު އިތުރުކޮށް، ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަމާޒަކީ ދެވޭ ހިދުމަތްވެސް އަދި ކަސްޓަމަރުންގެ އަދަދުވެސް އިތުރުކުރުންކަމަށް މިޝްރާ ވިދާޅުވިއެވެ.

ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 200 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު އެސްބީއައީން ވަނީ ފަސްކޮށްދީފައެވެ.

މިޝްރާ ވިދާޅުވީ، ކުރިން އެބޭންކުގައި ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވަން 10000 ރުފިޔާ ޑިޕޮސިޓް ކުރަންޖެހުނު ނަމަވެސް އެ އަދަދު މިހާރު ވަނީ 5000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ޑޮލަރު އެކައުންޓެއް ހުޅުވަން ކުރިން 2000 ޑޮލަރު ނަގާއިރު، މިހާރު 500 ޑޮލަރުން އެކައުންޓް ހުޅުވޭނެކަމަސްވެސް މިޝްރާ ވިދާޅުވިއެވެ.

ވިޔަފާރިތަކަށާއި އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ އަށް ބޭންކަކުން މިހާރު ބައިވެރިވެފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް