ޕީޕީއެމް މެމްބަރަކު ފުލުހުންގެ ގަޔަށް ހައްޕުނޑެއް ނުޖަހާނެ: ޑރ. ޝަހީމް

ޕީޕީއެމް މެމްބަރަކު ފުލުހުންގެ ގަޔަށް ހައްޕުނޑު ނުޖަހާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މ...

29 Jul 2020 | 06:41

ޕީޕީއެމް މެމްބަރަކު ފުލުހުންގެ ގަޔަށް ހައްޕުނޑު ނުޖަހާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހުން ކުށްވެރިކުރާ ކަމަށާއި ނަމަވެސް ޕީޕީއެމްގެ މެމްބަރަކު އެ ޒާތުގެ އަމަލެއް ނުހިންގަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑރ. ޝަހީމަށް އެބަ އޮތްކަމުގައި ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ޕީޕީއެމަކީ ފުލުހުންނަށް އިހުތިރާމުކުރާ ތަހުޒީބު ޕާޓީއެއް ކަމަށާއި އެދެނީ އެކަންކުރި ފަރާތެއް ހޯދައި ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުން ކަމަށެވެ

ފުލުހުން ބުނެފައިވަނީ ރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައި ކަމަށާއި މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް