ރައީސް މައުމޫންގެ ވިދާޅުވެގެން އޭނާގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަކަމެއް ކަމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/chairmanjabir/status/1288197395042275328
އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ކޯވިޑްގެ ރިސްކު އެންމެ ބޮޑު ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ.
"މައުމޫން ވިދާޅުވެގެން އޭނާގެ ހައްގުގަ ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަކަމެއް" ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ އިކޯނޮމީ ފުނޑޭތަން ބަލަން ނުހުރެވޭނެ ކަމަށާއި ރައީސް މައުމޫން ލޮކްޑައުނަށް ގޮވާއިރު، ރައީސް މައުމޫންގެ ދަރިކަލުން ވެރިކަމަށް ގެންނަން، މަގުމައްޗަށް ނެރެ މުޒާހަރާ ކުރަމުންދާކަމަށެވެ.
ޖާބިރު މިހެން ވިދާޅުވެފައިވާއިރު އަލުން ފުރަބަންދުކުރުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް