އައިޝްވާރިޔާ އާއި އަރާދްޔާ ކޯވިޑުން ރަނގަޅުވެއްޖެ

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި ދަރިފުޅު އަރާދްޔާ ބައްޗަން ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ. އެ ދެމައިން ކޯވިޑަށް ޕޮސިޓިވްވީ މި މަހުގެ12 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގޭގައ...

29 Jul 2020 | 02:53

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި ދަރިފުޅު އަރާދްޔާ ބައްޗަން ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.

އެ ދެމައިން ކޯވިޑަށް ޕޮސިޓިވްވީ މި މަހުގެ12 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ގޭގައި ކަރަންޓީންކޮށްފައި ބޭތިއްބުމަށް ފަހު އިތުރު ފަރުވާއަށް އައިޝްވާރިޔާ އާއި އަރާދްޔާ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ17 ވަނަ ދުވަހު އެވެ.

ދެ މައިން ބައްޔަށް ނެގެޓިވްވުމުން މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައްޗަން އާއިލާއިން ކޯވިޑް ނެގެޓިވް ވެފައިވަނީ އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން އެކަންޏެވެ. ބައްޔަށް ފުރަތަމަ އެ އާއިލާއިން ޕޮސިޓިވްވީ އަމީތާބެވެ. އޭގެ ފަހުން އަބީޝެކް ބައްޗަންވެސް ވަނީ ޕޮސިޓިވް ވެފައި އެވެ.

އަމީތާބާއި އަބީޝެކް އަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ އާއިލާތަކުގެ ތެރެއިން ކޯވިޑަށް ގިނަ ބަޔަކު ޕޮސިޓިވްވި އާއިލާ އަކީ ބައްޗަން އާއިލާ އެވެ. އެ އާއިލާގެ ގިނަ މީހުން ޕޮސިޓިވް ވުމުން އެ ގޭގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންނާއި ބައްދަލުވެފައިވާ ހުރިހާ އެންމެން ކޯވިޑަށް ޓެސްޓު ކުރަން ވަނީ އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް