މިރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހައިފި

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް، ދުފާފައި ހައްޕުނޑު ޖަހައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ ކުރި މުޒާހަރާގައި ބައިވެ...

28 Jul 2020 | 19:12

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް، ދުފާފައި ހައްޕުނޑު ޖަހައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައި ކަމަށާއި މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

މިކަން ކުށްވެރިކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ޓްވީޓެއް ކުރައްވާފައިވެއެވެ.

ސީޕީ ވިދާޅުވެފައިވަނީ ދިވެހިން މި ތިބީ ކޯވިޑް-19ގެ ނުރައްކަލުގެ ތެރޭގައި ކަމަށާއި، އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކީ މިއަދު ކަމުގައިވާއިރު، ނާތަހުޒީބީ މި އަމަލު ކުށްވެރި ކުރާކަމަށެވެ. މިކަން ތަހުގީގު ކުރެވޭނެ ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް