ކޯވިޑު ޖެހިފައިވާ ތިން މީހެއްގެ ހާލު ސީރިއަސްވެ ޑީއެޗް11 އަށް ބަދަލުކޮށްފި

ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ތިން މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށްފި އެވެ. އެ ތިން މީހުންނަށް މިހާތަނަށް ފަރުވާ ދެމުންދިޔައީ ޓްރީ ޓޮ...

29 Jun 2020 | 17:49

ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ތިން މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

އެ ތިން މީހުންނަށް މިހާތަނަށް ފަރުވާ ދެމުންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ އެ ތިން މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ. އެ ތިން މީހުންގެ ހާލު ވަރަށް ރަނގަޅަށް ބަލައި މޮނީޓާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކަނޑައެޅިތާ ތިން މަސް ވާން ކައިރިވެފައިވާއިރު އެ ހޮސްޕިޓަލް ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އާންމު ހާލަތަށް ގެންނާނެ ކަމަށް ބުނެ އެވެ. އަދި ޖުލައި ފެށިގެން އެ ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް އާންމު އުސޫލުން ދެމުންދާނެ ކަމަށް ބުނެ އެވެ.

އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އެހެން މީހުން ވަނީ ހުޅުމާލޭގައި ކޯވިޑަށް ހާއްސަކޮށް ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 2،337 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،927 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ އަށް މީހެކެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް