ސީނަށް ދިޔަ ފުލުހުންނާއި އަނިޔާ ލިބުނު މީހާއާ ސުވާލު ކުރަނީ، ޖީހާން ކޮމިޓީގައި ބައިވެރި ނުވޭ

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަ...

29 Jun 2020 | 11:31

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޖީހާން އަކީ އެ ކޮމިޓީގެ މުގައްރިރެވެ. އަދި ކުޑަކުދިިންނަށާއި ބޮޑެތި މީހުންނަށް ޖިންސީ ގޯނާ ކުރުން ފަދަ އިންސާނިއްޔަތުކަން އިސްކުރުން ފަދަ ގިނަ މައްސަލަތަކުގައި ޖީހާން އަކީ ފާޅުގައި އަޑުއުފުލައި ވާހަކަ ދައްކާ ބޭފުޅެކެވެ.

އޭނާ ކޮމިޓީގައި ބައިވެރިނުވާ ސަބަބު ހާމަކޮށްފައި ނުވާއިރު އިއްޔެ އެ ކޮމިޓީގެ މުގައްރިރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މީޑިއާގައި ވިދާޅުވެފައިވަނީ މެންބަރެއްގެ މަސްލަހަތު ހިމެނޭ ނަމަ އާންމު އުސޫލުން އެ މެންބަރަކު އެ ބައްދަލުވުމެއްގައި ބައިވެރި ނުވާނެ ކަމަށެވެ. މިއަދުގެ ކޮމިޓީގައި މުގައްރިރަކަށް އިންނެނީ ޒިޔާދު އެވެ.

މި މައްސަލަ މިއަދު ކޮމިޓީގައި ކުރިޔަށް ގެންދިއުމަށް ފަހު ފަސް ހުށަހެޅުމެއް ކުރިޔަށް ގެންދަން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ސަފާރީގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ބިދޭސީ އަންހެން މީހާއާއި ވާހަކަ ދެއްކުމަށް ނިންމާފައިވެ އެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވެ އެވެ. މީގެ އިތުރުން ސީނަށް ކުށުގެ ވެއްޓަށް ދިޔަ ފުލުހުންވެސް ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވެ އެވެ.

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އަނިޔާލިބުނު މީހާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދެން ނިންމާފައި އެވެ. އަދި އަނިޔާ ލިބުނު ފަރާތް އިތުރަށް ވިކްޓިމައިޒްވާ ގޮތަށް މިޑީއާތަކުން ދޮގު ހަބަރު ނުފަތުރާކަން ކަށަވަރުކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ދެނެނެވުމެވެ.

ސަފާރީގައި ޖިިންސީ ގޯނާ ކުރި މައްސަލަ މާބޮޑަށް ހޫނުވެ އާންމުން ރުޅިގަދަ ވާން ފެށީ ކުށުގެ ވެށިން ހައްޔަރު ކުރުމަށް ފަހު އެމީހުން ދޫކޮށްލުމުންނެވެ. ދޫކޮށްލީ ބަންދުގައި ބައިތިއްބާނެ ސަބަބެއް ނެތް ކަމަށްބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް