ހައްޔަރު ކުރި މީހުން ދޫކޮށްލީ މެމްބަރަކު ނުފޫޒު ފޯރުވައިގެންނެތް ނޫން: ނަޝީދު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރު ކުރުމަށްފަހު ދެ މީހަކު ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ނޫން ކަމަށް މަޖިލީުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސަފާރީ...

29 Jun 2020 | 07:49

ޖިންސީ ގޯނާގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރު ކުރުމަށްފަހު ދެ މީހަކު ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ނޫން ކަމަށް މަޖިލީުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ހައްޔަރު ކުރުމަށް ފަހު39 އަހަރުގެ ދިވެހި ދެ ފިރިހެނުން ދޫކޮށްލީ ބަންދުގައި ބައިތިއްބާނެ ސަބަބެއް ނެތުމުން ކަމަށް ބުނެ އެވެ. މި މައްސަލައިގަ ފުލުހުން އިހުމާލުވިތޯ އާއި އަންހެން މީހާގެ ހައްގުތައް ގެއްލުނުތޯ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ.

މި މައްސަލައިގެ ބަހުސް މަރުހަލާގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ދެމީހުން ދޫކޮށްލީ ނުވަތަ ހައްޔަރުގައި ނެތީ މަޖިލީހުގެ މެންބަރަކު ފުލުހުންނަށް ނުފޫޒު ފޯރުވުމުން ކަމަށް ރައްޔިތުން ނުދެކުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމީހުން ބަންދުން ދޫކޮށްލީ ފުލުހުން ބުނިގޮތަށް ބަންދުގައި ބަހައްޓާނެ ސަބަބުން ނެތުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ހާއްސަކޮށް، ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުލުހުން ކުރާ ތަހުގީގުތަކުގައި މެމްބަރުން ނުފޫޒު ފޯރުވައި ނުވަތަ މައުލޫމާތު ހޯދަން މެމްބަރުން މަސައްކަތް ނުކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް މަޖިލީހުގެ ރިޔާސަތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުށިހެ ވެށިން ހައްޔަރުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށާއި ސަރުކާރަށް ވަނީ އަމާޒުވެފައި އަމާޒު ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް