ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހަކު ދޫކޮށްލުމުން އެ މައްސަލައިގަ ޖިންސީ އަނިޔާ ލިބުނު އަންހެން މީހާގެ ހައްގަށް އުނިކަން ލިބިފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވެފައިވާގޮތުގައި މި މައްސަލައިގެ ތަހުގީގަށް ނުފޫޒުގަދަ ފަރާތަކުން ދަނީ ބާރު ފޮރުވަމުން ކަމަށާއި އެހެން ކަމުން މިނިވަން ކަމާއި އެކު މި މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަޝިދުގެ މައްސަލައިގަ ވަނީ މި ފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ މިކަމުގައި ސަރުކާރާ ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށް ބުނެފައި އެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގަ ހައްޔަރު ކުރީ39 އަހަރުގެ ދެ ފިރިހެނުންނެވެ. އެމީހުން ވަނީ ބަންދުގައި ބަހައްޓާނެ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލަން ޖެހުނީ ނުފޫޒުގަދަ ފަރާތަކުން އަންގައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް