ކޯވިޑް-19 އަށް އިތުރު 34 މީހަކު ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިރޭ 9:00 އާއި ހަމައަށް ޕޮސިޓިވް ވެފައިވަނީ12 ދިވެއްސަކާއި22 ބިދޭސީން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހެކެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފއިވަނީ 242 މީހެކެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
އެޗްޕީއޭއިން ބުނީ ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 50 އާއި ހަމައިގަ ހިފަހައްޓާލެވިފައި ހުންނަ ނަމަ މާލޭގެ އާބާދީއަށް ބަލާއި އެއީ ކޮންޓްރޯލް އަދަދެއް ކަމަށެވެ. މިހާރު ޕޮސިޓިވްވާ އަދަދު 60 އަށްވުރެ ދަށުގައި ހުންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިހާތަނށް ރާއްޖެއިން ކޯވިޑް-19 އަށް1،547 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި ފަސް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް