ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް އިންޒާރުގެ އެލާޓް

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް އިންޒާރުގެ އެލާޓް (އޮރެންޖު އިންޒާރ) ނެރެފިއެވެ. މި އިންޒާރުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތ...

29 May 2020 | 14:09

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް އިންޒާރުގެ އެލާޓް (އޮރެންޖު އިންޒާރ) ނެރެފިއެވެ.

މި އިންޒާރުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް މޫސުން ގޯސްކަމަށެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި އިންޒާރު ނެރެފައިވަނީ މިރޭ 6:30 އިން މިރޭ 08:00 އާއި ދެމެދުގެ ވަގުތަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ ސަރަހައްދަށް ކުރަމުން އަންނައިރު އަރަބި ކަނޑުގައި ލޯ ޕްރެޝަރެއް ވަނީ އުފެދިފައެވެ. އައި އެ ލޯ ޕްރެޝަރު ޑިޕްރެޝަނަކަށް ބަދަލުވާނެ ކަމަށް އިންޑިއާގެ މެޓް އޮފީހުން އަންދާޒާކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ލޯ ޕްރެޝަރެއް އުފެދިދާނެ އިތުރު ސެޓަޕެއްވެސް އަރަބި ކަނޑުގައި ކުރިއަށް އޮތް ދެތިން ދުވަހު އުފެދިދާނެ ކަމުގެ ނިޝާންތައް ފެންނަ ކަމުގައިވެސް އިންޑިއާގެ މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް