އައްޑޫ ސިޓީގައި އަމިއްލަ ކްލިނިކަކުން ކޯވިޑަށް ޓެސްޓު ކުރަން ފަށަނީ

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ. މީގެ ހަ އަހަރު ކުރިން ފެށިގެން އައްޑޫ ސިޓީ ފޭދޫގައި ހިންގ...

28 May 2020 | 21:06

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ.

މީގެ ހަ އަހަރު ކުރިން ފެށިގެން އައްޑޫ ސިޓީ ފޭދޫގައި ހިންގަން ފެށި އެއިމްސް ޑައިގްނޯސްޓިކް ކެއާއިން މީޑިއާގައި ބުނެފައިވަނީ އެތަނުގައި ކޯވިޑަށް ޓެސްޓު ކުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފެށުމުގެ ހުއްދައަށް އެދި ހެލްތް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކްލިނިކުން ބުނީ ގަޑިއަކު 36 ސާމްޕަލް އެތަނުގައި ބޭނުން ކުރާ މެޝިނުން ޓެސްޓު ކުރެވޭނެ ކަމަށެވެ. މި ކްލިނިކުން ކޯވިޑަށް ޓެސްޓު ކުރަން ފެށުމުން އައްޑޫ ސިޓީ ވެގެންދާނީ މާލެއިން ބޭރުގައި ކޯވިޑަށް ޓެސްޓު ކުރެވޭ ފުރަތަމަ ސަރަހައްދަށެވެ.

ސަރުކާރުން ބުނެފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމް މި މަސް ނިމުމުގެ ކުރިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަމަށް ބޭނުންވާ ސާމާނު އަދިވެސް ރާއްޖެ ގެނެވުނު ކަމެއް ނޭނގެ އެވެ.

އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޯވިޑަށް ޓެސްޓު ކުރަން ފަށަން ތައްޔާރުވެފައިވާއިރު އޭޑީކޭ ހޮސްޕިޓަލްގައިވެސް ވަނީ މިދިޔަ އާދިއްތަ ދުވަހު ކޯވިޑަށް ޓެސްޓު ކުރަން ފަށާފައި އެވެ. އެ ހޮސްޕިޓަލުން ދުވާލަކު500 ސާމްޕަލް ޓެސްޓު ކުރެވެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރަމުންދަނީ އައިޖީއެމްއެޗު ގައިއާއި ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް