ކަނޑިމާ ރިސޯޓުން ދެ ވެންޓިލޭޓަރާއި ޓެސްޓު ކިޓުތަކެއް ހަދިޔާ ކޮށްފި

ކަނޑިމާ މޯލްޑިވްސް ރިސޯޓުން ރާއްޖެއަށް ސިއްހީ ގިނަ އާލާތްތަކެއް ހަދިޔާ ކޮށްފި އެވެ. މި ސާމާނާއި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންފައިވަނީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) ގެ...

28 May 2020 | 19:10

ކަނޑިމާ މޯލްޑިވްސް ރިސޯޓުން ރާއްޖެއަށް ސިއްހީ ގިނަ އާލާތްތަކެއް ހަދިޔާ ކޮށްފި އެވެ.

މި ސާމާނާއި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންފައިވަނީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) ގެ ސީއީއޯ ހިސާން ހަސަނެވެ.

އެ ރިސޯޓުން ބުނީ ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ދެ ވެންޓިލޭޓަރާއި ކޯވިޑަށް ޓެސްޓު ކުރާ2،500 ޓެސްޓު ކިޓް ހަދިޔާ ކޮށްފައިވާ ކަމަށެވެ. ދެން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ ހެދުމުގެ ގޮތުގައި އަޅާ 850 ޕީޕީއީ އާއި 4000 ކޭއެން 95 މާސްކްގެ އިތުރުން 20،000 މެޑިކަލް ފޭސް މާސްކެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް ސިއްހީ އާލާތްތަކެއް ހަދިޔާ ކުރަމުންނެވެ. އެގޮތުން ކޯވިޑަށް ޓެސްޓު ކުރާ ދެ މެޝިން އަނަންތަރާ ރިސޯޓުތައް ހިންގާ ކުންފުނިން ހަދިޔާކޮށްފައިވާއިރު ވެލާ ރިސޯޓުންވެސް ވަނީ ގިނަ ސިއްހީ އާލާތްތަކެއް ހަދިޔާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް