ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކޮށްދޭން ނިންމުމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހިފެހެއްޓުމެއް ޝުކުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދާ ކުރައްވައިފި އެވެ.
ޔާމީން ގެއަށް ބަދަލު ކުރަން ނިންމައި ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ ޔާމީން ގެއަށް ބަދަލު ކުރަން ނިންމީ އެމަނިކުފާނު ހުންނެވި މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރެމުންދާތީ ކަމަށެވެ. އަދި ކަރެކްޝަންސް އިން މިރޭ ވަނީ ޖަލުތަކުގައި ތިބި ހައިރިސްކު ނުވަތަ ކޯވިޑް ޖެހިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ހުރިހާ ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފަ އެވެ.
ޔާމީން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ގޮވަލާ އިދިކޮޅުން ކުރަމުންދާ މަސައްކަތުގައި އިސްކޮށް އުޅުއްވާ އާދަމް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ދެން ލިޔެފައިވަނީ ޅެން ބައިތެކެވެ.
އެ ޅެންބައިތުގައި ވިދާޅުވެފައިވަނީ މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއްވެސް ފިތުރަތުގެ އުސޫލުން ނިމިދެނީ ފަތިހަކަށް ކަމަށެވެ.
https://twitter.com/Adamshareefz/status/1387781852497281027
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް