ޖަލުތަކުގައި ކޯވިޑް-19 ފެތުރެމުން ދާތީ ހައި ރިސްކު ނުވަތަ ކޯވިޑް ޖެހިއްހެ ނަމަ ސީރިއަސް ހާލަތަކަށް ހިނގައިދާނެ ގައިދީން ގޭ ބަންދަން ބަދަލު ކުރަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި އެވެ. އަދި މިކަން ހާމަ ކުރައްވާފައިވަނީ މާފުށީ ޖަލުގައި ހުކުމް ތަންފޯޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަން ބަދަލު ކުރަން މިރޭ ނިންމިކަން އިއުލާނު ކުރި ފަހުންނެވެ.
ކަރެކްޝަންސްއިން ބުނީ ޔާމީން ގެއަށް ބަދަލު ކުރަން ނިންމީ މާފުށީ ޖަލުގައި ކޯވިޑް ފެތުރިފައިވާތީ ކަމަށެވެ.
އަހުމަދު މުހައްމަދުފުޅުގެ ޓުވީޓުގައި ވިދާޅުވީ ހައިރިސްކް ހުރިހާ ގައިދީން ވަގުތީގޮތުން ގެއަށް ބަދަލުކުރާނެ ކަމަށެވެ. އެއީ ޖަލުތަކުގައި ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/ahumadhumohamed/status/1387805070255742977
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ހަތަރު ޖަލުގެ ތެރެއިން ތިން ޖަލުގައި ވަނީ ކޯވިޑް ފެތުރިފަ އެވެ. އެއީ މާފުށީ ޖަލާއި ހިންމަފުށީ އައްސޭރި ޖަލުގެ އިތުރުން މާލޭ ޖަލެވެ.
ދެން އެ ތަނުން ބަލަހައްޓާ ހުޅުމާލޭ ޖަލުގައ މީގެ ކުރިން ކޯވިޑް ފެތުރިފަވެ އެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިދިޔަ ހަތަރު ދުވަހު ރާއްޖެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ކޯވިޑަށް ޕޮސިޓިވްވެފަ އެވެ. އެގޮތުން އިއްޔެ 464 މީހުން ޕޮސިޓިވްވެފަ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް