އަންނަ މަހުގެ އެއް ވަނަ ދުވަހު ދިރާގު ޚިދުމަތް ކުޑަ ވަގުތުކޮޅަކަށް މެދުކެނޑިދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތެއް މޭ އެއް ވަނަ ދުވަހު00:00 އިން07:00 އަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
މި ސަބަބާހުރެ، މި ގަޑިތަކުގެ ތެރޭގައި ކަސްޓަމަރުންގެ ޚިދުމަތް10 މިނެޓާ30 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.
މި މަސައްކަތުގެ ތެރޭގައި އިތުރު މައްސަަލައެއް ކުރިމަތި ވެއްޖެނަމަ، އެކަމާ ބެހޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމށާއި މި މަސައްކަތް ރާވާފައި ވަނީ، މަސައްކަތް ކުރާ ވަގުތު ވީހާވެސް ބޮޑަށް ކަސްޓަމަރުންގެ ޚިދުމަތަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުން ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ވަނީ، މި މަސައްކަތްތައް ކުރާ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް