ރައީސް ސޯލިހުގެ ކެބިނެޓަށް ބަދަލު ގެންނަން އުޅޭ ވާހަކަތަކެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބަދަލު ގެންނަން އުޅޭކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ކޯލިޝަން ޕާޓީތަކުގެ ލ...

29 Apr 2021 | 16:24

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބަދަލު ގެންނަން އުޅޭކަމަށް ބުނެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާ ވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ވަކި ކުރާ މިނިސްޓަރުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހިމެނިވަޑައިގެންނަވަ އެވެ. އަދި ކެބިނެޓްގެ ބައެއް މިނިސްޓަރުން އެހެން ވުޒާރާތަކަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ކެބިނެޓަށް ބަދަލު ގެންނަން އުޅޭ ވާހަކަ ކޯލިޝަން ޕާޓީތަކުން ދަނީ ދޮގު ކުރަމުންނެވެ. އެގޮތުން ބައެއް ސިޔާސީ ޕާޓީތަކުން ބުނީ އަލީ ޒާހިރު ސޮއި ކުރައްވާ ލީޑަރުންނަށް ފޮނުއްވި ސިޓީގައި ކެބިނެޓަށް ބަދަލު ގެންނަން ވާހަކަ ވިދާޅުވެފައި ނުވާ ކަމަށާއި އޭގައި އޮތީ ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަ ވާހަކަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް