ނ. އަތޮޅު ހޮސްޕިޓަލްގެ އިމާރާތައް ބައެއް އިތުރު ކުރަން ކްލޭ ލިމިޓެޑާއި ހަވާލުކޮށްފި

ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އިމާރާތައް ބައެއް އިތުރު ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާ...

29 Apr 2021 | 16:03

ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އިމާރާތައް ބައެއް އިތުރު ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދަން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާއި އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ނ. އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރެވޭ ބައިގަ ހަ ހިދުމަތެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ.

އޭގެ ތެރޭގައި ހަ ކޮންސަލްޓޭޝަން ރޫމާއި، ލެބޯރެޓަރީ އަދި ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން މަޑުކުރާ ސަރަހައްދު ހިމެނޭ ކަމަށެވެ.

މި މަސައްކަތް ކްލޭ ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 147 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ 2.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް