ބަރަހަނާ ހާލު ހުރެގެން އަހަރެެމެން އަންހެނުން ބާރުވެރި ނުކުރުވިޔަސް ހެޔޮ: ފަޒީ

ބަރަހަނާއަށް ހުރެގެން އަންހެނުން ބާރުވެރި ނުކުރުވިޔަސް ހެޔޮ ކަމަށް، 'ފަޒީސް ހިޖާމާ ތެރިޕީ' ހިންގާ ފަޒީލާ އުސްމާނު (ފަޒީ) ބުނެފިއެވެ. ދާދި ފަހުން ކައިޒީން ސިޔާސީ ދާއިރާއަށް ނުކުތުމަށް ޝައުރުވެރިކަންފާޅ...

29 Apr 2021 | 15:36

ބަރަހަނާއަށް ހުރެގެން އަންހެނުން ބާރުވެރި ނުކުރުވިޔަސް ހެޔޮ ކަމަށް، 'ފަޒީސް ހިޖާމާ ތެރިޕީ' ހިންގާ ފަޒީލާ އުސްމާނު (ފަޒީ) ބުނެފިއެވެ.

ދާދި ފަހުން ކައިޒީން ސިޔާސީ ދާއިރާއަށް ނުކުތުމަށް ޝައުރުވެރިކަންފާޅުކޮށްފައިވެއެވެ. އެގޮތުން ކައިޒީން ބުނެފައި ވަނީ މިހާރު ބޭނުންވަނީ މޮޑެލް ކުރުން ދޫކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކަމަށެވެ.

އަދި އޭގެ ކުރިން ކައިޒީން ވަނީ އޭނާއަށް އާމްދަނީ ލިބޭގޮތްތައް، އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ވީޑިއޯ ކުޅެދޭ އަގު ހާމަކުރަމުން ކައިޒީން ބުނެފައި ވަނީ އޭނާ ކުރާ ކޮންމެ ޕޯސްޓަކަށް ވެސް އާމްދަނީ ލިބޭ ކަމަށެވެ.

މިފަދަ ބައެއް ވާހަކަތަކަށް ރިޢާޔަތްކޮށް ފަޒީ ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އެންމެ މުއްސަނދި އަންހެނުންނާ އެއްވަރަށް މިވީ ފަސް އަހަރު ދުވަހުސްތެރޭ، އޭނާއަށް ލިބުނު ރުފިޔާ ވަކި މަދެއް ނުވާނެ ކަމަށެވެ.

" ކައިޒީން މެންގެ ރީތި ހަށި ވިއްކައިގެން މޮޑެލް ކޮށްގެން ލާރި ހޯދީމަ އެވާހަކަތައް ރާއްޖޭގެ މީޑިޔާތަކުން ޕްރޮމޯޓް ކޮށްދިނަސް އަހަރެމެން ވެސް މީ ކައިޒީން އަށް ދޫ ނުކުރާވަނަށް ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތުން ލާރި ހޯދައިގެން ކައިބޮއެގެން އުޅޭ އަންހެނުން" ފަޒީ ބުނެފައި ވެއެވެ.

މީގެ އިތުރުން ފަޒީ ބުނީ ކައިޒީން ކުރާ ކޮންމެ ޕޯސްޓަކަށް އޭނާއަށް ލައްކައިން ރުފިޔާ ލިބޭކަމަށް ބުނާއިރު ފަޒީ ކުރާ ކޮންމެ ޕޯސްޓްއަކަށް ލައްކައިން ރުފިޔާ ލިބޭ ކަމަށެވެ. އަދި ގިނަ ގައުމުތަކަށް ވަނީ ދަތުރުވެސް ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

"ކައިޒީން ދިޔަ ބުރިޖު ޚަލީފާއަށް ވެސް ދެވިއްޖެ" ފަޒީ ބުނެފައި ވެއެވެ.

ފަޒީ ބުނީ، ﷲ ސުބަހާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އައުރަ ނިވައިކޮށްގެން ހުރި ކަމަށެވެ. އޭނާގެ މަސައްކަތުން މާލެއިންނާއި ހުޅުމާލެއިން ގެ ގަނެފައިވާނެކަން ފާހަގަކޮށް އޭނާ ބުނީ ބަރަހަނާ އަށް އަރިއަރިއަށް ހުއްޓިގެން ފޮތޯ ނުނެގިއެއްކަމަކު، ﷲ ސުބްހާނަހޫ ވަތަޢާލާގެ އިރާދަފުޅުން، ދުވާލެއްގެ މައްޗަށް އިރު އެރި ކޮންމެ ދުވަހަކަށް ހާހުން ރުފިޔާ ލިބޭ ކަމަށެވެ.

ލާރި ހޯދަނީ ހަލާލު ގޮތުގައިކަމަށާއި ނަމަވެސް ހަށިގަނޑު އަވީލައިގެން ނުހުންނާތީ އޭނާ ކުރާ މަސައްކަތް ޕްރޮމޯޓް ކޮށްދޭނެ މީޑިޔާއެއްވެސް ނެތް ކަމަށެވެ.

ފަޒީ ކުރާ މަސައްކަތުން ރާއްޖޭގެ ގިނަ ބަޔަކަށް މަންފާ ލިބުނު ނަމަވެސް އެއީ ސުންނަތާ ގުޅުންހުރި މަސައްކަތަކަށް ވީމަ، މި ަސައްކަތުން ލިބުނު ފައިދާގެ ވާހަކަ ދައްކާނެ މީހަކުވެސް ނުވާ ކަމަށެވެ. އަދި މީޑިޔާތަކުން އިޝްތިހާރު ކޮށްދޭން ވެސް ފަސްޖެހޭ ކަމަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް