ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމު ގެއަށް ބަދަލުކޮށްފި އެވެ.
އެމަނިކުފާނު ގެއަށް ބަދަލުކުރީ މިރޭ އިރާކޮޅު އެވެ.
މާފުށީ ޖަލުގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ ޖަލުގެ އޮފިސަރުންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.
މި ހާލަތުގައި އެމަނިކުފާނަށް އެންމެ ރައްކާތެރިގޮތަކީ ގެއަށް ބަދަލުކުރުން ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ކަރެކްޝަންސް އިން ބުނި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ ކަމަށެވެ.
ރައީސް ޔާމީން އަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް