މިފްކޯއިން މަސް ކިރާވަރު ކޮންޓްރޯލް ކުރި މުއްދަތު އިތުރު ކޮށްފި

ސަރުކާރުގެ މަަސް ކުންފުނި މިފްކޯއަށް މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފައިވާ މުއްދަތު އިތުރުކޮށްފި އެވެ. މިފްކޯއަށް މަސް ކިރާވަރު ކޮންޓްރޯލް ކުރަން ނިންމީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ އެ ކުންފުންޏަށް ...

29 Apr 2021 | 10:09

ސަރުކާރުގެ މަަސް ކުންފުނި މިފްކޯއަށް މަސް ކިރާ ވަރު ކޮންޓްރޯލް ކޮށްފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

މިފްކޯއަށް މަސް ކިރާވަރު ކޮންޓްރޯލް ކުރަން ނިންމީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ އެ ކުންފުންޏަށް ބާރުބޮޑުވުމުންނެވެ. އެ ކުންފުނިން ފުރަތަމަ ނިންމީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހަށް އެކަނި މަސް ކިރާވަރު ކޮންޓްރޯލް ކުރާށެވެ.

އެކަމަކު އެ މުއްދަތު ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހަށް އިތުރުކޮށްފައިވެ އެވެ. މިފްކޯއިން ބުނީ މަސްވެރިކަމަށް އަންނަ ބަދަލަށް ބަލައި އެ ނިންމުން ބަދަލު ކުރުމާއި މެދު ގޮތެއް ނިންމާނީ އަންނަ ހަފްތާގަ ކަމަށެވެ.

މިފްކޯއިން ނިންމާފައިވަނީ މި މުއްދަތުގައި ކޮންމެ ދޯންޏަކުން ހަތަރު ޓަނަށްވުރެ އިތުރަށް މަސް ނުކުރާށެވެ.

މިފްކޯ އިން ބުނީ މިދުވަސްވަރު އާދަޔާ ހިލާފަށް ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅު ކަމަށެވެ. މިހެން ވުމުގެ ސަބަބުން މިފްކޯގެ ޕްރީޒިން ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ލިބެމުން އަންނަ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް