މާލޭގަ ހަމަ ފުދޭވަރަކަށް ބޮޑު އައުޓް ބްރޭކެއް އެބަ އުޅޭ: ޑރ. ނަޒްލާ

މާލޭގައި ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅޭކަމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޑރ. ނަޒްލާ ވިދާޅުވީ މި...

29 Apr 2021 | 09:31

މާލޭގައި ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅޭކަމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 21 އާއި 27 އާއި ދެމެދުގެ ޑާޓާ އަށް ބަލާއިރު ޕޮޒިޓިވް ވާ ރޭޓް ހަތަކުން 10 އަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ފްލޫ ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް އަރާފައިވާކަށެވެ. އެ އަދަދުތައް ފަސް ޕަސެންޓުގައި ބަހައްޓަން މަސައްކަތް ކުރާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ .ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފެށިފަހުން ސިވިއަރިޓީ ދަށްވެއްޖެ ކަމަށެވެ. ނަމަވެސް މަތިވަމުން ދާ ވަރަކަށް އެޑްމިޓްކުރާ ޕަސެންޓް މަތިވާނެ ކަމުގައިވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް