އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި 18 ކްލާސްރޫމް އަޅަން އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ކަމަށެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްރޮކިޔުމަންޓް މެނޭޖަރު މުހައްމަދު ހަމްދޫން އެވެ.
މި މަސައްކަތަކީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 11.6 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިނިސްޓްރީން އުންމީދު ކުރަނީ އަންނަ އަހަރުގެ އޭޕްރިލް މަހު މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް