މަހަކަށްވުރެ ގިނަ ދުވަސް ފަހުން ދިއްފުށި ހުޅުވާލައިފި

ކ. ދިއްފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ...

29 Apr 2021 | 07:52

ކ. ދިއްފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

އެ ރަށުގެ މޮނިޓަރިންގެ ހާލަރު އުވާލީ އިއްޔެ އެވެ.

ދިއްފުށި މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ފެލިވަރު ޕޮސިޓިވް ކޭސްތަކާއި ޑައިރެކްޓު ކޮންޓެކްޓުވި ބަޔަކު ދިއްފުށީގައި ތިބުމުންނެވެ.

މޮނިޓަރިންއަށް ލީ ދުވަން ފެށިގެން އިއްޔެގެ ނިޔަލަށް އެ ރަށުން143 މީހުން ކޯވިޑަށް ޕޮސިޓިވްވި އެވެ. ދިއްފުށީ ސިއްހީ މަރުކަޒުން ބުނީ އޭގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު އެ ރަށުގައި ކޯވިޑް ޖެހިފަ ތިބީ10 މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް