މިދިޔަ އަހަރަށްވުރެ މި އަހަރު ފިތުުރު ޒަކާތުގެ ގޮތުގައި ލިބުނު ރުފިޔާގެ އަދަދު ދެގުނަ ދަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.
އެގޮތުން 1442 ރަމަޟާން 12 ވަނަ ދުވަހާ ހަމަޔަށް މާލެ ސިޓީއިން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 899،031 ރުފިޔާއެވެެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 1،942،201 ގައެވެ.
މިއަހަރު ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން 17،858 މީހުން އޮންލައިންކޮށް ޒަކާތް ދެއްކި އިރު، މިނިސްޓްރީ ގައި ބަހައްޓާފއިވާ ކައުންޓަރަށް ޒަކާތް ދައްކާފައި ވަނީ 3005 މީހުންނެވެ.
ޖުމުލަ20863 މީހުން މާލެ ސިޓީއިން ފިތުރު ޒަކާތް ދައްކާފައި ވާއިރު އެންމެ ގިނައީ އާދައިގެ ހަނޑުލުން ޒަކާތް ދެއްކި މީހުންނެވެ. އެގޮތުން އާދައިގެ ހަނޑުލުން11551 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދެއްކި އިރު، ދެވަނައަށް އެންމެ ގިނަ މީހުން ޒަކާތް ދެއްކީ ބާސްމަތީ (އެންމެ މޮޅު) ހަނޑުލުންނެވެ.
ބާސްމަތީ (އާދައިގެ) ހަނޑުލުން2338 މީހުން ޒަކާތް ދައްކާފައި ވާއިރު، ބާސްމަތީ (މޮޅު) ހަނޑުލުން ޒަކާތް ދައްކާފައި ވަނީ1729 މީހުންނެވެ.
މީގެ އިތުރުން1331 މީހުން ތައިލެންޑް ހުދު ހަނޑުލުން،632 މީހުން އާދައިގެ ފުށުން އަދި292 މީހުން ރަތް ހަނޑުލުން ޒަކާތް ދެއްކި އިރު،265 މީހުން ޒަކާތް ދައްކާފައި ވަނީ އާޓާފުށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް