އައިފޯން 12 ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެކަމަށް އުރީދޫއިން ބުނެފިއެވެ.
5ޖީ ގެ ހިދުމަތް ލިބިގަތުމަށް އައިފޯން 12 ގެންގުޅޭ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން ހިދުމަތް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް 2021ގެ ޑިސެމްބަރު މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.
5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެއެވެ. ގެންގުޅުއްވާ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބުމާއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާކުރެވޭ ކަމަށް އުރީދޫއިން ބުނެއެވެ.
އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެއެވެ.
5ޖީ ގެ ޙިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު އުރީދޫއިން ލިބޭނެއެވެ.
އައިފޯން 12 ނަގަން ބޭނުންވާ މީހުންންނަށް، އުރީދޫ މޯލްޑިވްސްގެ އީކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި މީގެ އިތުރުން އުރީދޫއިން ލިބެންހުންނަ ހުރިހާ ފޮނުތަކެއް އިންސްޓާލްމަންޓްއަށް ނަގަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެކަމަށް އުރީދޫއިން ބުނެއެވެ.
މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް: http://ore.do/app
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް