ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސްބޯޓު އަތުލައިގެންފި

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ މި މަސް ބޯޓުތައް ފެނިފަ...

29 Apr 2021 | 05:20

ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސްބޯޓު އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ މި މަސް ބޯޓުތައް ފެނިފައި ވަނީ އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ ޕެޓްރޯލް ކުރުމެއްގެ ތެރޭގައެވެ.

އެގޮތުން މ އަތޮޅާއި ވ އަތޮޅާ ދެމެދު އިރުން އީއީޒެޑްގެ30 ނޯޓިކަލް މޭލް އެތެރެއިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ފަސް މަސްދޯނި ފެނިފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް 'ހުރަވ'ީ ކުރަމުން ދިޔަ ޕެޓްރޯލް ދަތުރެއްގައެވެ.

މި މަސްދޯނިތައް މިހާރު ވަނީ 'ހުރަވީ' ގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެން ކަމުން، ކޯސްޓްގާޑް 'ހުރަވީ' ގެ ބެލުމުގެ ދަށަށް މި ފަސް ބޯޓް ގެންދެވިފައި ވަނީ އިއްޔެ އިރާކޮޅުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް