މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ އޯލެވްލް އާއި އެސްއެސްސީ އިމްތިހާބު ފަސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ ކޯވިޑް-19 ހާލަތަށް ބަލާއިރު އިމްތިހާނުތަކަށް ބޭނުންވާ ސިލަބަސް ނިންމައި، އެ އިމްތިހާނަށް ތައްޔާރުވާން ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ދެން އެ އިމްތިހާނު ބާއްވާނެ ތާރީހެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި ދެ އިމްތިހާނުގެ އިތުރުން ބީޓެކް ކިޔަވާ ދަރިވަރުންގެ އެސައިމަންޓް ސުންގަޑިތައް ވެސް އަލުން މުރާޖައާކުރާނެ ކަމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުުރުން ކީ ސްޓޭޖް5 (ގްރޭޑް11 އަދި12) ގެ ދަރިވަރުން ހަދާ އިމްތިހާނުތައް ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތަކަށް އިތުރު ބަދަލެއް އަދި ގެނެސްފައި ނުވާކަމަށް ބުނެފައިވެ އެވެ. މެއި އަދި ޖޫން މަހު ބާއްވަން ހަމަޖައްސާފައިވާ އޭ ލެވެލް އިމްތިހާނު މިހާރު ހަމަޖައްސާފައިވަނީ އޮކްޓޯބަރު/ނޮވެމްބަރު މަހު އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ނެރުއްވާފައިވާ މި ސާކިއުލާގައި ބުނެފައިވަނީ އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ބަދަލުތައް ގެނައުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް