ކޯވިޑް-19 އާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ އުމުރުން ދުވަސްވީ ތިން މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
އެކަން ބަލަނީ އެމީހުން މަރުވުން މައްސަލައެއްގެ ގޮތުގައި ބަލައިގެންނެއް ނޫނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރެއިން ދެމީހުންނަކީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަރުވި މީހުން ކަމަށެވެ. އަނެއް މީހާ އަކީ މާލޭގައި ޕޮސިޓިވް ކޭސްއަކާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ ގެއެއްގައި ހުރި މީހެކެވެ.
މަބްރޫކް ވިދާޅުވީ އެ ތިން މީހުން ކޯވިޑަށް ޓެސްޓު ކުރަން މަރުވުމުގެ ކުރިން ސާމްޕަލް ނެގުނު ކަމަށެވެ.
މި މީހުންނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މާދަމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ ތިން މީހަކު މަރުވި ގޮތް ބެލުމަށް ނިންމި އިރު ކޯވިޑް ޖެހިގެން އުމުރުން ދުވަސްވީ ދެ ދިވެހިންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް277 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި100 އަށްވުރެ ގިނަ ދިވެހިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް