ކޯވިޑް-19 އަށް މިއަދު27 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއާއި އެެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 277 އަށް އަރާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީން ނެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި14 ސިފައިންގެ މީހަކު ހިމެނެ އެވެ.
އެޗްޕީއޭއިން ބުނީ މާލޭގައި އެންމެ ބޮޑަށް ވައިރަސް ފެތުރެމުންދަނީ ބާޒާރުމަތީ ސަރަހައްދުގައި ކަމަށެވެ. އެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގިނައިން ޕޮސިޓިވް ވަމުންދަނީ ބިދޭސީންނެވެ.
މިހާތަނަށް މާލޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މީހުން ކޯވިޑަށް ޕޮސިޓިވްވަނީ ހއ. އުލިގަމު، ށ. ނަރުދޫ އަދި މިލަންދޫއިންނެވެ. ނަރުދޫން އަށް މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މިލަންދޫ އާއި އުލިގަމުން ޕޮސިޓިވްވެފައިވަނީ އެކަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް