ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
މިއީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުންދާ ލޮކްޑައުންގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ. ފުރަތަމަ ލޮކްޑައުން އިއުލާނު ކުރީ24 ގަޑި އިރަށެވެ. އަނެއް ދުވަހު އެ މުއްދަތު14 ދުވަހަށް އިތުރު ކުރި އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހަށެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލޭ ސިޓީގައި މީހުން މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ނެރުނު އެންގުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
މާލޭގައި ކޯވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ15 ދުވަހު އެވެ. ހަމަ އެދުވަހު މާލެ ސަރަހައްދު ވަނީ ލޮކް ޑައުންކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން250 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ގިނަ އީ މާލެއިން ޕޮސިޓިވްވި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް