ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަށް އަންނަ މެއި މަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މެއި މަހަކީ މެންބަރުންނަށް ޗުއްޓީ މަހެކެވެ.
މަޖިލީހުގެ ޗުއްޓީ ކެންސަލް ކޮށް ދައުރު ދަންމާލަން ހުށަހެޅުއްވީ ރިޔާސަތުންނެވެ. މިއަދު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ67 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތުގައި މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިއީ މަޖިލީހުުގެ ދައުރު19 ވަނަ ރައްޔިތުންގެ މަޖިލީހުން ދަންމާލި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގައިވެސް ވަނީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުގެ ދައުރު ދަންމާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް