އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ފައިސާ އުފުލުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ ބައިވެރިވެވަޑައިގެންފިއެވެ.
ބީއެމްއެލްއިން ބުނީ އަތޮޅުތެރެއަށް ބޭނުންވާ ފައިސާ ގެންދިއުމަށް ރާއްޖޭގެ ނުވަ އެއާޕޯޓަކަށް އިއްޔެ މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ. މި ދަތުރުތަކުގައި އެ ކުންފުނީގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ދަތުރުތަށް ބޭއްވީ އަތޮޅު ތެރޭގެ ބީއެމްއެލް ބްރާންޗުުތަކަށް ބޭނުންވާ ފައިސާ، ކާޑު، ޕިން ފަދަ ތަކެތި ގެންދިއުމަށެވެ. މި ދަތުރުތަކުގައި ބީއެމްއެލްގެ 23 ބްރާންޗަކަށް ބޭނުންވާ ސާމާނު ގެންގޮސްފައިވެ އެވެ.
https://twitter.com/bankofmaldives/status/1255155612444315648
ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ރަށު ބަންދަށް ގޮސްފައިވާތީ ބީއެމްއެލްގެ ހިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކައް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް