ދުބާއީގެ ފުޑް އެކްސްޕޯއަށް ދިޔަ ދެމީހަކު ޕޮސިޓިވް މީހުންގެ ތެރޭގައި ހިމެނޭ!

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް އެމަޖެންސީީ އޮޕަރޭޝަން ސ...

29 Apr 2020 | 06:02

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް އެމަޖެންސީީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ16 އިން20 ގެ ނިޔަލަށެވެ. އެޗްޕީއޭއިން ބުނި މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ދިވެހިންނާއި ބިދޭސީން ބައިވެރިވެފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮސިޓިވްވި ވެފައިވާ އެހެން މީހުންނާއި ހިލާފަށް އެމީހުންގެ ފަރާތުން ފެންނަމުންދަނީ ތަފާތު އަލާމާތްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުން އެ ދަތުރަށް ފަހު އެނބުރި އައިފަހުން އުޅުނީ ބަލިވެ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ޔޫއޭއިން އައި ދެ މީހުން އޭރުން ފެށިގެން ބަލިވެ އުޅެމުން އައީ އެހެން ކަމެއްގެ ސަބަބުން ކަމަށް ވެފައި އޭގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައި ވަނިކޮށް ކޮވިޑް ޖެހުނީކަމަށް ވުން އެކަށީގެންވެ އެވެ. އެ މީހުންނަށް އެއް ބައްޔެއް ކޯވިޑް ޖެހި ދިގު މުއްދަތެއް ހޭދަވީ ކަމަށް ފެންނަނީ އެހެންވެ ކަމަށް ވެދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމީހުންނަށް ބަލި ޖެހިފައިވަނީ މާލެއިން ޕޮސިޓިވްވި މީހަކާއި ގުޅުން ހުރި ބަޔަކަށް ވެގެން ކަމަށެވެ. އެހެންވެ އެމީހުންނަށް ބަލި ޖެހުނީ އެ ދަތުރުން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އެޗްޕީއޭއިން ވަނީ އެ ދަތުރުގައި ބައިވެރި ހުރިހާ އެންމެން އެޗްޕީއޭއަށް ރިޕޯޓު ކުރަން އަންގާފަ އެވެ. އެޗްޕީއޭއިން ބުނީ އެމީހުން ހޯދަނީ އެމީހުން ކަރަންޓީން ކޮށް އައިސޮލޭޓް ކުރުމަށް ނޫންކަމަށާއި އެމީހުންނަށް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ދަތުރު ފަހުން ދިމާވިތޯ ބަލައި އެމައުލޫމާތު ހޯދުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް