މިނިސްޓަރަކު ގާނޫނާއި ހިލާފުވިކަމަށް މަޖިލީހަކަށް ކަނޑައެއް ނޭޅޭނެ: ޝަރީފު

އެއްވެސް ވަޒީރަކު ގާނޫނުއަސާސީ އާ ޚިލާފު ކަމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އޮތް ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖ...

28 Apr 2020 | 21:18

އެއްވެސް ވަޒީރަކު ގާނޫނުއަސާސީ އާ ޚިލާފު ކަމަށް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އޮތް ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ކުރެއްވި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އޭގެ ޖަވާބު ދެއްވާފައި ނުވެ އެވެ. ޝަރީފް މިހެން ވިދާޅުވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން މިރޭ ބަޔާން ނެރުއްވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައި އެވެ.

ޝަރީފު ވިދާޅުވީ މިނިސްޓަރަކު ގާނޫނުއަސާސީއާ ހިލާފުވި ކަމަަށް ކަނޑަައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެއީ މަޖިލީހުގެ އިދާރާއަށް ލިިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވި އެވެ.

ޝަރީފު ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓަރު އެ ސުވާލަށް ޖަވާބު ދެއްވާފައިވާތީ ބައެއް ބޭބޭފުޅުން ވިދާޅުވާ ގޮތަށް މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މި މައްސަލައިގަ މަޖިލީހުން ފަހުން ބުނީ މިއަދުގެ އިރުއޮއްސި 6:31 ގައި އީމެއިލް މެދުވެރިކޮށް މިނިސްޓަރު އަމީންގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ އިދާރާ އިން ބުނާގޮތުގައި ލިޔުމުން އެ ސުވާލުތަކުގެ ޖަވާބު އަމީން ދެއްވީ އެ އިދާރާ އިން ބަޔާން ނެރުނު ފަހުންނެވެ. ބަޔާން ނެރުނީ އިރުއޮއްސި 6:12 ގަ އެވެ.

މިނިސްޓަރު އަމީނާއި ހައިތަމް ކުރެއްވި ސުވާލަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކާއި ގުޅުން ހުރި ސުވާލެކެވެ. އެ ސުވާލުގައި ހައިތަމް އެދިވަޑައިގެންފައިވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އޮޅުންފިލުވުމަށެވެ. އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށް ހުށަހަޅާފައިވެ އެވެ.

ވެންޓިލޭޓަރު ގެނައުމުގެ ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން ހައިތަމް ހުށަހަޅުއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް