އިންޑިއާގެ ކަރަންސީ ސްވޮޕުން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދީފި

ރިޒާވް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ދެމެދު ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދީފި އެވެ. މިއީ ވެރިކަމާއި ...

28 Apr 2020 | 20:25

ރިޒާވް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ދެމެދު ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދީފި އެވެ.

މިއީ ވެރިކަމާއި ހަވާލުވެވަޑައިގެން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ބައެކެވެ. ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ.

އެމްއެމްއޭއިން މިއަދު ބުނީ އިންޑިއާގެ ކަރަންސީ ސްވޮޕްގެ ދަށުން، 150 މިލިއަން ޑޮލަރު މިހާރު ޖަމާކޮށްފައިވާ ކަމަށެވެ. އެމްއެމްއޭ އިން ބުނީ މި ޑޮލަރުގެ ސަބަބުން މިވަގުތު ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިމްޕޯޓު ކުރުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމުގައި ބޭރު ފައިސާ ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވެސް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ރާއްޖެއަށް 150 މިލިއަން ޑޮލަރު ޖަމާކޮށްދިނީ، ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ މާލި އަދި އގްތިސާދީ ގެއްލުމަކުން ސަލާމަތްވުމަށް ދޭއެހީއެއްގެ ގޮތުން ކަމަށެވެ.

އިންޑިއާއިން މިދިޔަ އަހަރުވެސް ވަނީ ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ދިނުމުގެ އިތުރަށް އެސްބީއައި އިން ވަނީ އެމްއެމްއޭއިން 150 މިލިއަން ޑޮލަރުގެ ޓީ ބިލްވެސް ގަނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް