ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި އެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންތަކެކެވެ.
މި މައްސަލައިގަ ފުލުހުން ފުރަތަމަ ފަސް މީހުން ހައްޔަރު ކުރުމަށް ފަހު އިތުރު މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި އަންހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށެވެ. ބަންދުން ދޫކޮށްލީ ފަސް ދުވަސް ބަންދަށް ޖެހި 39 އަހަރުގެ އަންހެން މީހާއާއި 36 އަހަރުގެ ފިރިހެނެކެވެ.
މިހާރު ބަންދުގައި ތިބި އެކަކުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު އަނެއް ދެމީހުންގެ ބަންދަށް ޖަހާފައިވަނީ15 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް