މާލެއަށްވުރެ ރަށްރަށުން ޕޮޒިޓިވް ވި އަދަދު ގިނަ ވެއްޖެ

ކޮވިޑަށް މިއަދު 147 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދަށްވުރެ ރަށްރަށުން ޕޮޒިޓިވް ވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެއެވެ. އެގޮތުން ރޭގެ ހައަކުން މިރޭގެ ހައަކަށް މާލެ ސަރަހައްދުން ޕޮޒިޓި...

29 Mar 2021 | 17:08

ކޮވިޑަށް މިއަދު 147 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދަށްވުރެ ރަށްރަށުން ޕޮޒިޓިވް ވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެއެވެ.

އެގޮތުން ރޭގެ ހައަކުން މިރޭގެ ހައަކަށް މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 65 މީހެކެވެ. ރަށްރަށުން 69 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މީގެ އިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހަކު، އިންޑަސްޓްރިއަލް ސަރަހައްދުތަކުން ދެމީހަކު އަދި ތަރައްގީކުރަމުން އަންނަ ރަށަކުން މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މި އަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 23،671 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 2،759ގައި ހުރި އިރު އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 93 މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް