ރިތި ރަސޫލާއަކީ ހުރިހާ ގޮތަކުންވެސް މާތްﷲ އަޅަމެންނަށް ދެއްކެވި މަތިވެރި އެންމެ މަތިވެރޮ ނަމޫނާއެވެ. އެކަލޭގެފާނު ތުއްޕުޅު އިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.
އަދި އެހެން މީހުންނަށް މަސައްކަތް ކޮށްދިނުމާއި ވިޔަފާރީގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. ކީރިތި ރަސޫލާގެ ނަމޫނާއަށް ބަލައިގެން އަޅުގަނޑުމެންގެ ދަރިންނަށް ވެސް މަސައްކަތް ދަސްކޮށްދީ، މަސައްކަތަށް ލޯބި ޖައްސާ ހީވާގި ބަޔަކަށް ހަދަންޖެހެއެވެ.
އެގޮތުން ދަރިން އަމިއްލައަށް ކުރެވޭވަރުގެ ކަންތައްތައް އަމިއްލައަށް ކުރުވާ މަސައްކަތް ކުރުމުގެ އާދަ ހަރުލެއްވުމަށް އިސްލާމްދީން ބާރުއަޅައެވެ. ގޭތެރޭގައާއި މުޖްތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އެކުދިންގެ ކިބާގައި އަށަގަންނުވަން ޖެހެއެވެ. ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަ ދީގެން ނުވާނެއެވެ.
މިއުންމަތުގެ މާތް ނަބިއްޔާގެ ޙަޔާތްޕުޅަށް ބަލާއިރު، މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގައި ކީރިތި ރަސޫލާ ހިލަ އުފުއްލެވުމާއި ވެލި އުފުއްލެވުންފަދަ ކަންކަމުގައި އަޞްޙާބު ބޭކަލުންނާއެކު ޢަމަލީގޮތުން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަޙްޒާބު ހަނގުރާމަ ފެށުމުގެ ކުރިން ޚަންދަގު ކޮނުމުގައި އެހެން މުސްލިމުންނެކޭ އެއްފަދައިން ޢަމަލީ ގޮތުން ކީރިތި ރަސޫލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެހެން ނަމަވެސް މިއަދުގެ މުޖްތަމަޢުން ފެންނަމުންދަނީ މުޅިން ތަފާތު މަންޒްރުތަކެކެވެ. ތެދުވެރިކަމެއް، ފަރުވާތެރިކަމެއްނެތި ފައިސާގެ ދަހިވެތިކަމުގައި ކުރާ މަސައްކަތަށް ފަރުވާކުޑަކުރާތަނެވެ.
މިކަމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މުޖްތަމަޢުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރުތައް ފިލައިގެންދާނީ، މުސްލިމުންގެ ޅަދަރިންނާއި ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި ، މަސައްކަތްތެރިކަމުގެ އަޚްލާޤު އަށަގަންނަވައިގެންނެވެ.
ޤައުމެއް ތަރައްޤީވެ ކުރިއަރައިގެންދާނީ ޤައުމެއްގެ ދަރިންނަކީ ގޯތިގެދޮރުގެ މަސައްކަތާއި އަމިއްލަ މަސައްކަތުން ފެށިގެން ޤައުމީ ފެންވަރުގެ އެންމެހާ މަސައްކަތްތަކަށް ދާންދެން ކުރަން ފަސްނުޖެހޭ، މުރާލި، ހީވާގި ކެރޭ ހަރުދަނާ ބަޔަކަށް ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް