ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލަ ބޭރުވެއްޖެއެވެ.
މި މައްސަލަ ބޭރުވެފައިމިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަމަށް ކުރެއްވި ސޮއި އަނބުރާ ގެންދެވުމުންނެވެ.
އަނބުރާ ސޮއި ގެންދަވައި، ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ޒަހާގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވީ އޭނާއަށް ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި އަދި ވަޒީރަކު މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވާތީ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ މި ވަގުތަށް މިނިސްޓަރު ޒަހާއަށް އިތުބާރުކޮށް އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާ ކަމަށް ޖާބިރުގެ އެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް